ޣައްޒާގައި ޔަހޫދީ ފައުޖުތައް ދެމިތިބޭނެކަމަށް އިސްރާއީލްގެ ކަޓްސް ބުނެފި

ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ނަމުގައި ޔަހޫދީ ފައުޖުތައް އެ ސަރަހައްދުތަކުގައި ދެމިތިބޭނެ ކަމަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ޚާރިޖީ ވަޒީރު އިސްރާއީލް ކަޓްސް ބުނެފިއެވެ.

މީގެ ތެރޭގައި ރަފަހް އާއި ޣައްޒާގެ އެހެން ރަށްތަކާ ގުޅޭ ސަރަހައްދުތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސް، ސިފައިންނާއި ބަރު ހަތިޔާރު ބޭނުންކޮށްގެން ހުރަސްތައް ބިނާކޮށްފައިވެއެވެ.

ކަޓްސް ބުނީ، މީގެކުރިން ޢަމަލުކޮށްފައިވާ ގޮތާ ޚިލާފަށް، ޣައްޒާގެ ސަރަޙައްދުތައް ނިރުބަވެރި ފައުޖުގެ ބާރު ދަށަށް ގެނައުމަށްފަހު ވެސް، އެ ތަންތަނުން ނުފައިބައި، ސަލާމަތީ ކަންކަން ބަލަހައްޓަން ތިބޭނެ ކަމަށެވެ. ލުބްނާނާއި ސޫރިޔާގެ ސަރަޙައްދުތަކަށް ވެރިވަގުތަމަށްފަހު ވެސް، ޔަހޫދީން ޢަމަލުކޮށްފައިވަނީ މި ގޮތަށް ކަމަށް މުރާސިލުން ބުނެއެވެ.

ޙަމާސް ޖަމާޢަތުގެ އިސްވެރިން ނައްތާލުމުގެ ނަމުގައި ޔަހޫދީން ހިންގަމުންދާ އޮޕަރޭޝަންގައި 400,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، 1,630 މީހުން ޝަހީދުވެފައިވާކަމަށް އދ. އިން ބުނެފައިވެއެވެ. އަދި މިޞްރުގައި ބޭއްވި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް 50,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. ޖަނަވަރީ މަހު ވެވުނު އެއްބަސްވުމުގެ ދަށުން ޙަމާސުން 33 ޔަހޫދީ އަސީރުން މިނިވަންކޮށްފައިވާއިރު، އަދިވެސް 59 އަސީރުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބިކަމަށް ޔަހޫދީން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު