އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ މަސައްކަތް ށ.އަތޮޅު ކައުންސިލުން ފަށައިފި

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ މަސައްކަތް ށ.އަތޮޅު ކައުންސިލުން ފަށައިފިއެވެ.

އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިހާރު ށ.އަތޮޅު ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވިއެވެ. މިއާއެކު މިހާރު ރާއްޖޭގެ 17 ރަށަކުން އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ދެމުންދާކަމަށް ޑީއެންއާރުން ވިދާޅުވެއެވެ. އަދި އަންނަ ހަފްތާ ތެރޭގައި ށ.މިލަންދޫގައި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޑީއެންއާރުން ވިދާޅުވެއެވެ.

ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މިޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މިޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މިޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު