ވައިޑް ބޮޑީ ބޯޓް ވެލާނާ އެއަރޕޯޓް ރަންވޭއަށް ޖައްސާފައި، ފޮޓޯ: މިހާރު

ވައިޑްބޮޑީގެ ދަތުރުތައް ދެކުނު އެފްރިކާއަށް ވަރަށް އަވަހަށް ފަށާނެ

މޯލްޑިވިއަންގެ ވައިޑްބޮޑީ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމާ ގުޅޭ އެއްބަސްވުންތައް ހެދި، އަވަހަށް ދަތުރުތައް ފެށޭނެކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލަރ އަޙުމަދު ރަމީޒް ވިދާޅުވީ ފްލައިޓް ގެނެސް ޚިދުމަތް ފަށައި، ވޭތުވެދިޔަ 3 މަހެއްހާ ދުވަހު، 5000އަށްވުރެ ގިނަ ފަސިންޖަރުން އެބޯޓުގައި އުފުލާފައިވާކަމަށެވެ. މޯލްޑިވިއަންގެ ވައިޑް ބޮޑީ މިވަގުތު ދަތުރުކުރަމުންދަނީ ޗައިނާގެ 3 މަންޒިލަކަށެވެ. މިހާރު ވައިޑްބޮޑީ ދަތުރުކުރަމުންދަނީ ޗައިނާގެ ބެއިޖިންގ، ޝަންގހާއި އަދި ޗެންޑޫއަށެވެ.

ވޭތުވެދިޔަ 3 މަހެއްހާ ދުވަހުގެ ތެރޭގައި 5000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާއިރު، މީގެ އިޤްތިޞާދީ ފައިދާވެސް ރާއްޖެއަށް ކުރަމުންދެއެވެ. މިގޮތުން ޓެކްސްގެ ގޮތުގައި 2 މިލިއަން ޑޮލަރު މީރާއަށް ލިބޭއިރު، ޖުމްލަ 9-10 މިލިއަން ޑޮލަރުގެ އިޤްތިޞާދީ ފައިދާ މި ޚިދުމަތުން ލިބޭނެކަމަށް ލަފާކުރެވެއެވެ.

264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330-200 ވޭރިއަންޓްގެ މަތިންދާ ބޯޓު މިހާރު ބޭނުންކުރަމުންދާއިރު، ދެވަނަ ބޯޓެއް މިއަހަރުގެ އޮކްޓޯބަރުގައި ގެނައުމަށް ވަނީ ރޭވިފައެވެ. އަދި ޔޫރަޕްގެ މާކެޓަށްވެސް ދަތުރުތައް ފެށުމުގެ ދިރާސާތައް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު