ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އެންމެހާ އަސީރުން މިނިވަން ކުރުމުން، ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓާލާނެ ކަމަށް ޓްރަމްޕްގެ ޚާއްޞަ މަންދޫބު އެޑަމް ބޫލަރ ވިދާޅުވެއްޖެއެވެ.
އަދި އަސީރުން މިނިވަން ކުރުމުގެ ކުރިން ޢުދުވާންތަކަށް ނިމުމެއް ގެނައުމާ ގުޅޭ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
2023 އޮކްޓޫބަރު 7 އިން ފެށިގެން ޣައްޒާގައި ހިންގަމުންދާ ޢުދުވާނުގައި 61,700 މީހުން ޝަހީދުވެ، 116,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. ޖަނަވަރީ 19 ގައި ވެވުނު އެއްބަސްވުމެއް ރޫޅާލުމަށްފަހު، މާރިޗު 18 އިން ފެށިގެން އަލުން ފެށި ޙަމަލާތަކުގައި އިތުރު 1,600 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.
ޙަމާސުން ބުނަނީ އަސީރުން މިނިވަން ކުރުމަށް އޮތް ހަމައެކަނި މަގަކީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލުން ކަމަށާއި، ޔަހޫދީ ފައުޖު ޣައްޒާއިން ފައިބަންޖެހޭނެ ކަމަށެވެ. އދ. އިން ބުނާ ގޮތުގައި މާރިޗު 18 އަށްފަހު 500,000 އަށްވުރެ ގިނަ މީހުން ވަނީ އެމީހުންގެ ވަޒަނުން ބޭރުކުރެވިފައެވެ.