އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ

މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ކޮންމެ އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުން އެކު" ޕޮޑްކާސްޓުގައި މިއަދު ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި އަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި، މިކަމުގެ ސަބަބުން ވާދަވެރި މާކެޓެއް އުފެދި، އަގުބޮޑުކޮށް ވިއްކާ ފަރާތްތަކަށް ވެސް އަގު ކުޑަކުރަން މަޖުބޫރުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އާރުއެސްޑަބްލިއު ދޯނިތަކުގައި ގާއިމުކުރުމަށް ލޯނު ދޫކުރަން ފަށާފައިވާ ކަމަށާއި ރަށްރަށުގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވެފައިވެއެވެ.

ސަރުކާރާ ހަވާލުވިއިރު މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދެވި އޮތް ނަމަވެސް، މިހާރު 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާ ދޫކޮށްލި ފަރާތްތައް އަލުން އެ ސިނާއަތަށް ނުކުންނަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު