އެމެރިކާގެ ރައީސް ޓްރަމްޕް، ފޮޓޯ: ސްކައި ނިއުސް

ހާވާޑް ޔުނިވަރސިޓީއަކީ ނަފްރަތާއި ފިތުނަ ދަސްކޮށްދޭ ޖޯކެއް: ޓްރަމްޕް

ހާވާޑް ޔުނިވަރސިޓީއަކީ ނަފްރަތާއި ފިތުނަ ދަސްކޮށްދޭ ޖޯކެއް ކަމަށް ސިފަކުރައްވައި، އެއީ ދުނިޔޭގެ ޝަރަފުވެރި ތައުލީމީ މުއައްސަސާތަކުގެ ލިސްޓަށް އަރަންޖެހޭ ވަރުގެ ތަނެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާ ސަރުކާރުން ވަނީ ހާވާޑަށް ދޭ 2.2 ބިލިއަން ޑޮލަރުގެ ފަންޑު ހިފަހައްޓައި، ޓެކްސްގެ އިސްތިސްނާ އުވާލުމުގެ މަސައްކަތް ފަށައި، އަދި 2.7 މިލިއަން ޑޮލަރުގެ ރިސާޗް ގްރާންޓް ބާތިލްކޮށްފައެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ދަރިވަރުންނާ ގުޅޭ މައުލޫމާތު ހިއްސާނުކޮށްފިނަމަ، އެފަދަ ދަރިވަރުންނަށް ޖާގަ ދިނުން ހުއްޓުވާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

މި ހުރިހާ ފިޔަވަޅުތަކެއް އަޅަން ޖެހުނީ ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ކަންކަން ހުއްޓުވުމަށް ސަރުކާރުން ޑިމާންޑްކުރި ކަންކަމަށް ހާވާޑުން އަމަލުނުކުރުމާއި، ޔުނިވަރސިޓީ ހިންގުމުގެ އުސޫލުތަކާއި ދަރިވަރުން ވެއްދުމުގެ ސިޔާސަތުތައް ބަދަލުކުރަން އިންކާރުކުރުމުގެ ސަބަބުންނެވެ.

ނަމަވެސް ހާވާޑްގެ ރައީސް އެލަން ގާބާ ވިދާޅުވެފައިވަނީ އެއްވެސް ސަރުކާރަކަށް އަމިއްލަ ޔުނިވަރސިޓީތަކުގެ އެކަޑެމިކް މިނިވަންކަމަށް ނުފޫޒު ފޯރުވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު