ހަމާސްގެ "އިންސާނިއްޔަތުކަމުގެ ޢަމަލަށް" ޕުޓިން ތަޢުރީފުކުރައްވައިފި

ހަމާސްއިން މިނިވަންކުރި އިސްރާއީލު-ރަޝިޔާ ދެ ޤައުމުގެ ރައްޔިތުންނާ ކްރެމްލިންގައި ބައްދަލުކޮށް، އެ މީހުން މިނިވަންކުރުމުގައި ހަމާސްއިން ދެއްކި "އިންސާނިއްޔަތުކަމުގެ ޢަމަލު" އަށް ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ތަޢުރީފުކުރައްވައިފިއެވެ

ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ވަނީ ހަމާސްއިން މިނިވަންކުރި އިސްރާއީލު-ރަޝިޔާ ދެ ޤައުމުގެ ރައްޔިތުންނާ ކްރެމްލިންގައި ބައްދަލުކޮށް، އެ މީހުން މިނިވަންކުރުމުގައި ހަމާސްއިން ދެއްކި "އިންސާނިއްޔަތުކަމުގެ ޢަމަލު" އަށް ތަޢުރީފުކުރައްވާފައެވެ.

ފާއިތުވި ފެބްރުއަރީ މަހު އަސީރުން ދޫކޮށްލުމުގެ އެއްބަސްވުމެއްގެ ދަށުން މިނިވަންކުރި އެލެކްސެންޑަރް (ސާޝާ) ޓްރުފާނޯވް އާއި އޭނާގެ މަންމަ ޔެލެނާ އަދި އޭނާގެ ބައިވެރިޔާ ސަޕިރް ކޯހެން އާ ޕުޓިން ބައްދަލުކުރެއްވިއެވެ. ރަޝިޔާގެ ސަރުކާރުގެ މީޑިއާއިން ދައްކާފައިވާ މަންޒަރުތަކުގައި ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ވަނީ ޔެލެނާ އާއި ސަޕިރްއަށް މާމެލާމެލި ހަދިޔާކޮށް، ސާޝާއާ ސަލާން ކުރައްވާފައެވެ.

"ހަމާސްގެ ލީޑަރޝިޕަށް، ޚާއްޞަކޮށް ސިޔާސީ ވިންގަށް ޝުކުރު އަދާކުރަން ޖެހޭ. އެމީހުން އަޅުގަނޑުމެންގެ އެދުމަށް އިޖާބަދީ، މި އިންސާނިއްޔަތުކަމުގެ ޢަމަލު ހިންގައި، ތިޔަ ބޭފުޅުން މިނިވަންކޮށްދިން،" ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަނީ އަސީރުން މިނިވަންކުރެވުނީ ރަޝިޔާއިން ފަލަސްތީނުގެ ރައްޔިތުންނާއެކު އޮތް ދުރު ރާސްތާގެ ގުޅުމުގެ ސަބަބުން ކަމަށް ފާހަގަކުރައްވާފައެވެ. އަދި ޣައްޒާގައި ތިބި އެހެން އަސީރުން މިނިވަންކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިސްރާއީލުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މިވަގުތު ޣައްޒާގައި 59 އިސްރާއީލު އަސީރުން ތިބިއިރު، އޭގެ ތެރެއިން 24 މީހުން ދިރި ތިބިކަމަށް ބެލެވެއެވެ. އެހެންނަމަވެސް، ފަލަސްތީނު އަދި އިސްރާއީލު އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުގެ މަޢުލޫމާތު ދައްކާ ގޮތުގައި  ފަލަސްތީނުގެ 9,500 އަށްވުރެ ގިނަ ރައްޔިތުން އިސްރާއީލުގެ ބަންދުގައި ތިބިކަމަށް ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު