އިޓަލީގެ ނޭޕަލްސްގެ ދެކުނުގައި މިއަދު ހިނގި ކޭބަލްކާރު ހާދިސާއެއްގައި މަދުވެގެން 4 މީހުން މަރުވެ، އެކަކު ޒަހަމްވެއްޖެއެވެ. މި ހާދިސާ ހިނގީ ކޭބަލްކާރުގެ ވާ ކެނޑުމުގެ ސަބަބުންނެވެ.
ކާސްޓެލަމާރެ ޑި ސްޓާބިއާ ސަރަހައްދުގައި ހިނގި މި ހާދިސާއާ ގުޅިގެން އިޓަލީގެ ރެސްކިއު ޓީމުތައް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. މި ހާދިސާ ހިނގީ މި މަންޒިލް ހުޅުވާލި ތާ އެންމެ ހަފްތާއެއްގެ ފަހުންނެވެ.
މި ކޭބަލްކާރަކީ މައުންޓް ވެސޫވިއަސް އަދި ބޭ އޮފް ނޭޕަލްސްގެ މަންޒަރު ބެލުމަށް ފަތުރުވެރިން ވަރަށް ގިނައިން ޒިޔާރަތްކުރާ ތަނެކެވެ. މި ހާދިސާ ހިނގި ވަގުތު ކޭބަލްކާރުގައި ތިބީ ފަތުރުވެރިންނެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ތަހުގީގީ އިދާރާތަކުން މަސައްކަތް ކުރަމުންދާއިރު، މި ސަރަހައްދުގެ ކޭބަލްކާރު ހިދުމަތް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި މި ހާދިސާ ހިނގި ސަބަބު ބެލުމަށް ތަހުގީގެއް ފަށާފައިވާ ކަމަށް އިޓަލީގެ އޮތޯރިޓީތަކުން މައުލޫމާތު ދީފައިވެއެވެ.