ރައީސް މުޢިއްޒު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ޤައުމެއްގެ ގޮތުގައި ދެމިތިބެވޭނީ ތަރިކަ ހިމާޔަތްކޮށްގެން: ރައީސް

ޤައުމެއްގެ ގޮތުގައި ދެމިތިބެވޭނީ ތާރީޚީ ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމިއްޔަތުގެ އެއް ބަހާއަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށެވެ.

އަދި ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ އެ އަގުހުރި ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. ދުނިޔޭގެ ތަރިކައިގެ ދުވަހެއް ފާހަގަކުރުމަށް ޔުނެސްކޯއިން ނިންމީ 1983 ވަނަ އަހަރު ބޭއްވި 22 ވަަނަ ޖެނެރަލް އެސެންބްލީގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު