ފުރާޅުމަތިން ވެއްޓިފައިވާ މީހާ ދައްކައިދޭ ވީޑިއޯގެ ސްކްރީން ޝޮޓެއް

ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައިއޮތް މީހަކަށް ފަރުވާދެނީ

މާލޭ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:23 އެހައިކަށްހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ވެއްޓިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެ އަންހެން ކުއްޖާ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި ހާދިސާ ހިނގި ސަބަބާއި އިތުރު ތަފްސީލް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު