މާލެ އަތޮޅު ވަރު-ބައި އެޓޮމޮސްފެއަރ ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފްއިން ހިފައިފި

މާލެ އަތޮޅު ވަރު-ބައި އެޓޮމޮސްފެއަރ ސަރަހައްދުން ފެނުނު ކިނބޫ ހިފައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ކިނބޫ ހިފުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ޚާއްސަ ޓީމެއްގެ ބެލުމުގެ ދަށުންނެވެ. އަދި މިވަގުތު އެ ކިނބޫ ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ކިނބޫ ފެނުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމްއެންޑީއެފްއިން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ.

އެމްއެންޑީއެފްއިން އިތުރު މައުލޫމާތު ހާމަކުރުމުން އެ މައުލޫމާތު ހިއްސާ ކުރެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު