ރޭ ޕީއެންއެފްގެ ޖަލްސާގައި ދެއްކި ވާހަކަތަކަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް ރައްދު ދެއްވައިފިއެވެ.
ވަޒީރު މިފަދައިން ރައްދު ދެއްވާފައިމިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ދެއްކި އިހާނެތި ވާހަކަތަކަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ޕީއެންއެފުން ބޭއްވި ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ހުތުރު ބަސްތަކުން ފާޑުކިޔާ މަންޒަރެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ސިޔާސީވިޔަސް ދައްކަން ހެޔޮނުވާނެ ވާހަކަތައް ހުންނާނެކަމަށެވެ. ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް ﷲ ދެއްވާ އެއްޗެއްކަމަށާއި، އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫންކަމަށެވެ.
ޕީއެންއެފްގެ ޖަލްސާގައި ދެއްކި ވާހަކަތަކަށް އެކި ފަރާތްތަކުން އަންނަނީ ފާޑުކިޔައި ރައްދު ދެމުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ޒިންމާދާރު ފަރާތްތަކުން ބަލަންޖެހޭނެ މައްސަލައެއްކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ހެޔޮނިޔަތުގައިވީމައިތަ ޔާމީނު ދިރިހުއްޓާ ރޮއްވާލާފަދިޔައީ