މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، ކީރިތި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރެއްވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، ކީރިތި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާ ބައްދަލުކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިރޭ ސަލްމާނު މިސްކިތުގެ އޮޑިޓޯރިއަމްގައެވެ. މި ބައްދަލުކުރެއްވުމުގައި ދަރިވަރުންނާއި މުޚާޠަބު ކުރައްވާ ގިނަ ނަޞޭޙަތްތަކެއް ދެއްވާފައިވެއެވެ. އެގޮތުން ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މުހިއްމުކަމާއި، ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމުގައި ވިސްނުން ބަހައްޓަންވީ މުހިއްމު ކަންތައްތަކައް އަލިއަޅުއްވާލައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ އިމާމުން ރާއްޖެއަށް ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތެއްގައި ކުރައްވާ ދަތުރުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު