ކުޅިވަރާބެހޭ ވުޒާރާއިން ޤާއިމުކޮށްފައިވާ ފުޓްބޯޅަ ދަނޑެއް

ރާއްޖޭގެ އެކި ހިސާބުތަކުގައި 192 ކުޅިވަރު މަޝްރޫޢު ކުރިއަށް

ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު ކުޅިވަރާއި ގުޅުންހުރި 192 މަޝްރޫޢު ކުރިއަށްއަށްދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއަކީ ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢުތައް ކުރިއަށްގެންދާ ވުޒާރާއެވެ. މިގޮތުން ކުޅިވަރާއި، ފިޓްނަސް އަދި ރެކްރިއޭޝަންއާ ގުޅުންހުރި 192 މަޝްރޫއުއެއް މިވަގުތު ހިނގަމުން އެބަދެއެވެ. އޭގެ ތެރޭގައި ކޮންޓްރެކްޓްކުރެވިފައި ހުރި މަޝްރޫޢުތައްވެސް ހިމެނެއެވެ.

އެ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ އެކި ރަށްތަކުގައި ހިނގަމުންދާ ނުވަތަ ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގެ އަދަދު 551އަށް އަރައެވެ.

"ނޮވެމްބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް ކުޅިވަރުގެ 50 މަޝްރޫޢުއެއް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މުޅިން އަލަށް ފަށައިގެން ނިންމާފައިވާ މަޝްރޫޢުތައްވެސް ހިމެނެއެވެ." އެ ވުޒާރާއިން "ސަރުކާރު" ވެބްސައިޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މި އަހަރު 377 ކުޅިވަރު މަޝްރޫޢުއެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ