9 ފެބުރުވަރީ 2026
ސެމީ ފައިނަލްގައި މާޅެންދޫ އާއި މަގޫދޫ ބައްދަލުކުރި މެޗްގެ ތެރެއިން. / ފޮޓޯ: ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް

ފަހަތުން އަރާ މަގޫދޫ ބަލިކޮށް މާޅެންދޫ ފައިނަލަށް

ނޫނު އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ނ.ވެލިދޫގައި ކުޅޭ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މަގޫދޫ ވޮލީޓީމުން ފުރަތަމަ ދެ ސެޓް ގެންގޮސްފައި ވަނިކޮށް ފަހަތުން އަރާ 3 ސެޓް ގެންގޮސް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މާޅެންދޫ ވޮލީޓީމު ހޯދައިފިއެވެ.

މިއަދު ހަވީރު ވެލިދޫ ވޮލީކޯޓުގައި ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 25-13 އިން ގެންދިޔައީ މަގޫދޫ ޓީމުންނެވެ. މި ސެޓްގައި މާޅެންދޫ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނުނަސް ޖެހިގެން އައި ސެޓްގައި ކުޅުން ރަނގަޅު ކުރިއެވެ. ނަމަވެސް މި ސެޓްވެސް މަގޫދޫ ކާމިޔާބު ކުރީ 25-23 އިންނެވެ. ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓްގައި މާޅެންދޫ ޓީމުން ފެނުނީ ހިއްވަރުގަދަ ކުޅުމެކެވެ. މި ދެ ސެޓް މަގޫދޫ ޓީމުން ގެންދިޔައީ 25-20 އިންނެވެ. ދެ ޓީމު ދެސެޓުން އެއްވަރުވުމުން ކުޅުނު ޓައިބްރޭކް ސެޓްގައި މާޅެންދޫ ޓީމުގެ މޮޅު ކުޅުން ދައްކާ މި ސެޓް 15-9 އިން ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މި މުބާރާތުގެ ފައިނަލަށް މާޅެންދޫ ޓީމު ދަތުރުކުރިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި މާޅެންދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި އާރިފް އީސާއެވެ. މާޅެންދޫ އާ ދެކޮޅަށް ފައިނަލްގައި ކުޅޭ ޓީމެއް އެނގޭނީ މިރޭ ހެނބަދޫ އާއި ކެނދިކުޅުދޫ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ލިޔާ ލިޔުމެއް، ލިޔެ ނިންމުމަށްފަހު ރަނގަޅަށް ކިޔާލުމަށްފަހު ޢާއްމުންނާއި ހަމައަށް ފޮނުވާލަށް ދަންނަވަމެވެ. އެހެންނޫންނަމަ، "ހަކުރު ފުޅީގަ ލޮނު، ލޮނުފުޅީގަ ހަކުރު" ޖެހިދާނެއެވެ. މިފަހަރު މި އޮތީ އެ ކަން، އެ ގޮތަށް ވެފައެވެ.
    ޢާއްމުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވުމަށް، ނޫސްވެރިން ކުރައްވާ މަސައްކަތް ބަލައިގަންނަމެވެ. ޝުކުރިއްޔާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު