އޮޔާދާ ސްރީލަންކާގެ މަސްބޯޓަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެނީ، ފޮޓޯ: އެމްއެންޑީއެފް

އޮޔާދާ ސްރީލަންކާގެ މަސްބޯޓަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

އައްޑޫ ސިޓީގެ ހުޅަނގުން އޮޔާދާ ސްރީލަންކާގެ މަސްބޯޓަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، ސްރީލަންކާގެ މަސްބޯޓު "ސަންޑާލީ ވެލެންޓިނާ" އޮޔާދާކަމުގެ މަޢުލޫމާތު، ސްރީލްންކާގެ ކަމާއިބެހޭ އިދާރާތަކުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދިނުމާއި އެކު، އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނީޓަރކުރަމުންނެވެ.

"އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" ގައި ސިފައިން ވަނީ އެ ބޯޓު އޮޔާދާ ސަރަހައްދަށް ދަތުރުކޮށް، މިއަދު ހެނދުނު 08:05 ހާއިރު، އައްޑޫ ސިޓީގެ ހުޅަނގުން، 15 ނޯޓިކަލް މޭލު ބޭރުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ." އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އެ ބޯޓުގައި 6 ފަޅުވެރިން ތިބި އިރު، އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ