ރައީސް މުޢިއްޒު ފައްޓަވައިދެއްވި "މޯލްޑިވްސް 2.0″ އަކީ އިންޤިލާބީ ބަދަލެއްގެ ފެށުމެއް: ސްޓެލްކޯ އެމްޑީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ "މޯލްޑިވްސް 2.0″ ގެ މަޝްރޫޢަކީ ޤައުމަށް ގެންނަވާ އިންޤިލާބީ ބަދަލެއްގެ ފެށުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީ ފަހުމީ ވިދާޅުވި ގޮތުގައި ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި ޤައުމެއް ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ހަލުވިކަމާއެކު ކުރިއަށްދެވޭނީ އެ ޤައުމެއްގެ ރައްޔިތުންނަށް ޒަމާނީ ވަސީލަތްތަކާއި ފަސޭހަތައް ލިބިގެންނެވެ. މި މަގަށް ދިވެހިރާއްޖެ ގެންދިއުމަށް ރައީސް މުޢިއްޒު ފައްޓަވާފައިވާ މަސައްކަތަށް އެމަނިކުފާނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"ޝައްކެއްވެސް ނެތް ގޮތުގައި، ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލައި، ހަލުވިކަމާއެކު ހިންގުން ހަރުދަނާކޮށް، ދެފުއްފެންނަ ހަރުދަނާ ނިޒާމުތަކެއްގެ ތެރެއިން ރައްޔިތުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ރައީސް މުޢިއްޒު ތިޔަ ފައްޓަވާފައިވާ މަސައްކަތަކީ އިންޤިލާބީ ބޮޑު ބަދަލެއްގެ ފެށުން،" ފަހުމީ ވިދާޅުވިއެވެ.

ދިވެހިރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކުރުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅަކީ ދިވެހި ރައްޔިތުން އެދޭ ބަދަލު ގެނެސްދެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމެއް ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

އަދި މާތްﷲ ގެ އިރާދަފުޅާއެކު ރައީސް މުޢިއްޒުގެ މި ތަޞައްވުރުގެ ފޮނިމީރުކަން އަވަސް މުސްތަޤުބަލެއްގައި ދިވެހިންނަށް ލިބިގެންދާނެ ކަމުގެ އުއްމީދު ފާޅުކުރައްވަމުން، "މޯލްޑިވްސް 2.0″ ގެ އިންޤިލާބީ ފަސޭހަތައް ރައްޔިތުންނަށް ލިބިގެން ދިއުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ