ސިފަމާ "ފަން ރަން 2025" ގެ ތެރެއިން، ފޮޓޯ: އެމްއެންޑީއެފް

ސިފަމާ "ފަން ރަން 2025″ ބާއްވައިފި

ސިފައިންގެ ޢާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރު ކުރުމުގެ ގޮތުން ސިފަމާ "ފަންރަން 2025″ ގެ ނަމުގައި ދުވުމެއް ބާއްވައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، މި ހަރަކާތަކީ ކުޑަކުދިންގެ ދުވަހާއި އަދި މަންމައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސިފަމާ އިން އިންތިޒާމްކޮށްގެން ބޭއްވި ހަރަކާތެކެވެ

ސިފަމާ އިން ދިވެހި ސިފައިންނާއި ސިފައިންގެ ލޮބުވެތި ޢާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ޢާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ސިފަމާ "ފަން ރަން 2025″ ގެ ތެރެއިން، ފޮޓޯ: އެމްއެންޑީއެފް

9 މެއި 2025 ވަނަ ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި ހަރަކާތުގައި 3 ކިލޯމީޓަރ އަދި 5 ކިލޯމީޓަރގެ ދުވުން ކުރިއަށް ދިޔައެވެ. އަދި މި ދުވުން ފުރިހަމަކުރި ކޮންމެ ބައިވެރިއަކަށް ވަނީ މެޑެލި ހަވާލުކޮށްފައެވެ. ހުޅުމާލޭ ސެންޓްރަލް ޕާރކުގައި ކުރިޔަށް ގެންދިޔަ މި އިވެންޓުގައި ކުޑަކުދިންނާއި ގުޅުންހުރި އިތުރު ގިނަ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ސިފަމާ "ފަން ރަން 2025″ ގެ ތެރެއިން، ފޮޓޯ: އެމްއެންޑީއެފް

މި ހަރަކާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޤިޔާޘް އާއި، ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިންނާއި، ސިފައިންގެ އާއިލާތަކުން ބައިވެރިވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ