މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު

އަމާޒަކީ ކުޑަކުދިންނަށް އަމާން، ރައްކާތެރި، އުފާވެރި ވެއްޓެއް ހޯދައިދިނުން: މިނިސްޓަރު

މިނިސްޓްރީގެ އަމާޒަކީ ސްކޫލް މާހައުލަކީ ކުޑަކުދިންނަށް އަމާން، ރައްކާތެރި، އުފާވެރި ވެެއްޓެއްކަމުގައި ހެއްދެވުން ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖުގައެވެ.

މިނިސްޓަރު ޝަފީޢު ވިދާޅުވީ މިކަން ޙާސިލުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.  އެގޮތުން މުދައްރިސުންނާއި، ބެލެނިވެރީންނާއި، ރަށު ކައުންސިލް އަދި މިނިވަން މުއައްސަސާތައް ގުޅިގެން އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރެއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

"މިކަން ގުޅިގެން، ހެޔޮ ގޮތުގައި ކުރެވިއްޖެ ނަމަ އަޅުގަނޑުމެންނަށް ހޯދައިދެވޭނީ ކުޑަކުދިންނަށް އުފާވެރި މުސްތަޤުބަލެއް، ބިނާވެގެން ދާނީ ޤައުމާއި އެކު ކުރިއަށް ދާނެ، އޮއްޓަރު ހުރި ޖީލެއް،" މިނިސްޓަރު ޝަފީޢު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ