ސްޓެލްކޯގެ ޢިމާރާތް

އެޕްރީލް މަހުގެ ކަރަންޓު ބިލުތަކަށްވެސް ވާނީ ޑިސްކައުންޓެއް ދީފައި: ސްޓެލްކޯ

އެޕްރީލް މަހުގެ ކަރަންޓު ބިލުތަކަށް ޑިސްކައުންޓެއް ދީފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅިވެއްޖެއެވެ.

ސްޓެލްކޯއިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، މިއަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓު ބިލުތަކަށް ދިން ޑިސްކައުންޓް، އެޕްރީލް މަހުގެ ބިލުތަކަށްވެސް ދީފައިވެއެވެ.

އެޕްރީލް މަހަކީ ހޫނުގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން މި ނިންމުން ނިންމާފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، އެޕްރީލް މަހުގެ ކަރަންޓު ބިލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިން އިރު، ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލުތަކުގައި ބިލުގެ އަދަދު ހުރީ މާރިޗު މަހުގެ ބިލާ އެއް އަދަދެއްގައެވެ.

މިގޮތަށް ބިލުގެ އަދަދު އެއްވަރުވެފައި ވަނީ ޑިސްކައުންޓް ދިނުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. މި ޑިސްކައުންޓްގެ ސަބަބުން ގިނަ ރައްޔިތުންނަށް މާލީ ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ