10 ފެބުރުވަރީ 2026

މާފަރު އެއަރޕޯޓަށް ގެންނަމުންދާ ތަރައްޤީއާއެކު އިޤްތިސާދީ ފުރުސަތުތައް ދަނީ ފަހިވަމުން: ވަޒީރު ސަޢީދު

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް ގެންނަމުންދާ ތަރައްޤީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރާ ދިވެހިންނަށް އިޤްތިސާދީ އިތުރު ފުރުސަތުތައް ފަހިވަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އެ ތާރީޚީ ކާމިޔާބު ފާހަގަކުރައްވާފައެވެ. އެގޮތުން ވަޒީރު ސަޢީދު ވިދާޅުވީ މި ކާމިޔާބީ އަކީ ރާއްޖޭގެ އޭވިއޭޝަންގެ ދާއިރާ ލިބުނު މި ކުރިއެރުމާއި އެކު މަތީ ފަންތީގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.

އަދި އެ އެއަރޕޯޓަށް ގެންނަމުންދާ ތަރައްޤީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާ، ދިވެހިންނަށް އިޤްތިސާދީ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އިޤްތިސާދީ ވަޒީރު ސަޢީދުގެ އިތުރުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންވެސް ވަނީ މިކަމާގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު ވަނީ މާފަރު އިންޓަރނޭޝަނަލް އެއަޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 މަރުކާގެ ވައިޑް ބޮޑީ ފްލައިޓެއް އެއް ޖައްސާފައެވެ. އެދުވަހު މާފަރު އެއަޕޯޓަށް ޓެސްޓް ފްލައިޓްގެ ގޮތުގައި ޖައްސާފައިވަނީ އެމިރޭޓްސްގެ ފްލައިޓެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު