9 ފެބުރުވަރީ 2026

ލޭ ޚިދުމަތްތަކުގެ ތަފާސްހިސާބުތައް ޑިޖިޓަލައިޒްކޮށް ބަލަހައްޓަން ފަށައިފި

ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ދެމުންދާ ޚިދުމަތްތަކުގެ ތަފާސްހިސާބުތައް ޑިޖިޓަލައިޒްކޮށް ބަލަހައްޓަން ފަށައިފިއެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާއި ގުޅިގެން ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވީ، ލޭ ހަދިޔާ ކުރުމާއި ލޭ އެޅުމުގެ ފަރުވާގެ ނިޒާމް ހަރުދަނާކޮށް، ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ލިބޭނެ ނިޒާމެއް ހަރުދަނާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިނިޒާމުގެ ތެރެއިން ކޮންމެ މަހަކު ލޭ އަޅާ ފަރާތްތަކަށް ލޭ ފޯރުކޮށްދެވޭ ގޮތުގެ ހެލްތު ރެކޯޑްސް އެއްކުރުމުން ލޭ ހަދިޔާ ކުރާ މިންވަރާއި، ލޭ އެންމެ ބޮޑަށް ބޭނުންވާ ޙާލަތްތަކާއި، ސަރަޙައްދުތައް ދެނެގަނެވޭނެ ކަމަށެވެ. އަދި މިފަދަ މަޢުލޫމާތުގެ އެހީގައި ދިރާސާތައް ކުރެވި، އެ ދިރާސާގެ އެހީގައި ރާއްޖެއަށް ބޭނުންވާ ލޭގެ ޚިދުމަތުގެ ސިޔާސަތުތައް އެކުލެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުންކުރަން ފެށުމަށްވެސް ނިންމާފައިވާކަމަށާއި ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ ފަރާތްތައް ކަނޑައެޅުމަށް ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ އެންޑޯސްކޮށް ތަންފީޒުކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު