9 ފެބުރުވަރީ 2026

ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު: މިނިސްޓަރު

ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

’އެސްއެސް ޓީވީ’ގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުން ވޭތުވެދިޔަ ތަނުގައި އެސްޓިއޯއިން ރާއްޖެއަށް އެތެރެ ނުކުރާހާ ގިނަ އައިޓަމްތަކުގެ ބޭސް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށެވެ.

އަދި މި ނިޒާމްގެ ތެރެއިން މެދު ނުކެނޑި ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ޝަކުވާ ނުކުރާ ވަރަށް ރައްޔިތުންނަށް ފަސޭހަ އިން ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އަމާޒެއް ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތަކީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ ޕޭޝަންޓުންނަށް ހޮސްޕިޓަލް ނިޒާމްގެ ތެރެއިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކައި ޓާރޝަރީ ހޮސްޕިޓަލްތަކުގެ އިންޕޭޝަންޓުންނަށް އެ ހެލްތު ފެސިލިޓީއަކުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާއިރު، އެހެނިހެން ހެލްތު ފެސިޓީތަކުގައިވެސް މިނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު