13 ޑިސެންބަރު 2025

ފާނަ ބަސަންދުގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމާ!

ފާނަބަސަންދަކީ ވައިރަހަކުން ޖެހޭ ބައްޔެއްކެވެ. މި ބައްޔަކީ އާއްމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް، ނަމަވެސް ބޮޑެތި މީހުންނަށްވެސް މިބަލި ޖެހެއެވެ.

ފާނަބަސަންދުގެ އަލާމާތްތަކަކީ، ހުންއައުން، ވަރުދެރަވުން، ނޭފަތުން ފެންއައުން، ހަމުގައި ބިހިތަކެއް ނެގުން – މިބިހިތައް ފެންފޮޅުތަކަކަށް ބަދަލުވޭ އަދި މި ބިހިތަކަކީ ވަރަށް ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެއް، އަދި ދެތިން ދުވަސްތެރޭގައި ހަށިގަނޑުގެ އެކިތަންތާ ފެންބިހި ނަގައެވެ.

މި ބަލި ފެތުރެނީ ބަލިޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާ ހަދާއިރު، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ. އަދި ބިހިނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކުރާ ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުން ކުރުމުން މި ބަލި އެކަކު ގައިން އަނެކަކު ގަޔަށް އަރައެވެ. މީގެ އިތުރުން ގައިގައި ބިހިތައް އެއްކޮށް ކުރަމަގާލި ލަންދެން މި ބަލި އެކަކު ގައިން އެނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮވެއެވެ. ކުރިން ފާނަބަސަންދު ނުޖެހޭ ކޮންމެ މީހަކީ މިބަލި ޖެހިދާނެ މީހެކެވެ. އެއްފަހަރު މި ބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް މިބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ފާނަބަސަދުން ރައްކާތެރިވުމަށް ބަލި ޖެހިފައިވާ މީހުންނަށް ޒިޔާރާތް ނުކުރުން، ބަލި ޖެހިފައިވާ މީހުން/ކުދިން ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރު ތެރެއަށް ނިކުމެ ނޫޅުން، ފާނަބަސަދު ޖެހިޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުން އަދި ބަލި ފަސޭހަވަންދެން ހިފާ ގެންގުޅޭ ތަކެތި (އަންނައުނު، ތުވާލި ކުޅޭ އެއްޗިހި ފަދަ ތަކެތި) ވަކިކުރަންވާނެ އެވެ. މީގެ އިތުރުން މިބަލިން ރައްކާތެރިވުމަށް ޑޮކްޓަރެއްގެ ލަފާގެ މަތިން ޗިކަންޕޮކްސް ވެކްސިން ޖެހުމަކީ ރަނގަޅު ކަމެކެވެ. މި ވެކްސިން އާންމުކޮށް ބޭސްފިހާރަތަކުން ލިބެންހުރެއެވެ.


މަސްދަރު: ޞިއްޙީ ވުޒާރާ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު