9 ފެބުރުވަރީ 2026
ޕްރިންސް ޚާލިދު ބިން ތަލާލް އޭނާގެ ދަރިކަލުން ޕްރިންސް އަލްވަލީދު ބިން ޚާލިދު ބިން ތާލާލް އާ އެކު

ސައުދީގެ "ސްލީޕިންގ ޕްރިންސް" 20 އަހަރުގެ ކޯމާއަކަށްފަހު އަވަހާރަވެއްޖެ

ސައުދީ އަރަބިއްޔާގެ "ސްލީޕިންގ ޕްރިންސް" ގެ ނަމުން މަޝްހޫރުވެފައިވާ ޕްރިންސް އަލް ވަލީދު ބިން ޚާލިދު ބިން ޠަލާލް، 20 އަހަރު ވަންދެން ކޯމާއެއްގައި އޮންނެވުމަށްފަހު އަވަހާރަވެއްޖެއެވެ. މި ހިތާމަވެރި ޚަބަރު އިޢުލާނު ކުރެއްވީ އޭނާގެ ބައްޕާފުޅު، ޕްރިންސް ޚާލިދު ބިން ޠަލާލް އެވެ.

2005 ވަނަ އަހަރު ލަންޑަނުގައި ހިނގި ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓެއްގައި ޕްރިންސް އަލް ވަލީދު ކޯމާއަކަށް ވެއްޓިވަޑައިގެންނެވި އިރު، އޭނާ ގެންދެވީ އިނގިރޭސިވިލާތުގައި ކިޔަވާ ވިދާޅުވަމުންނެވެ. އެ ހިސާބުން ފެށިގެން ފާއިތުވި ގާތްގަނޑަކަށް 20 އަހަރު ވަންދެން އޭނާ އޮންނެވީ މެޑިކަލް ސަޕޯޓުގައި ސިއްހީ އެހީތެރިންގެ ބެލުމުގެ ދަށުގައެވެ.

މި ދިގު މުއްދަތުގައި ކުޑަ އުއްމީދެއް ލިބުނު މަދު ހަރަކާތްތަކެއް ޕްރިންސްގެ ކިބައިން ފެނުނު ނަމަވެސް، އޭނާ ހޭ އަރާފައެއް ނުވެއެވެ.

ޕްރިންސް އަލް ވަލީދުގެ ހާލަތާ މެދު ސައުދީ އަރަބިއްޔާގެ އިތުރުން ބޭރު ދުނިޔޭގައި ވެސް ވަރަށް ބޮޑު ހަމްދަރުދީއެއް ލިބުނެވެ. އަދި މިލިއަނުން ގުނާލެވޭ މީހުން ޕްރިންސްގެ ހާލަތު ވަރަށް ގާތުން ބަލަމުން ދިޔައެވެ.

ޕްރިންސް ޚާލިދު ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ދަރިކަލުންގެ ކަށު ނަމާދު އާދީއްތަ ދުވަހު ރިޔާޟްގެ އިމާމް ތުރުކީ ބިން ޢަބްދުﷲ މިސްކިތުގައި ޢަޞުރު ނަމާދަށްފަހު ކުރެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު