11 ފެބުރުވަރީ 2026

މިނިވަން މަހާސަމާ: މާލެ އާޓިފިޝަލް ބީޗުގައި ތިން ދުވަހުގެ ފެސްޓިވަލެއް ބާއްވަނީ

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ޖުލައި 31 ވަނަ ދުވަހުން ފެށިގެން އޮގަސްޓު 02 ވަނަ ދުވަހުގެ ނިޔަލަށް މާލެ އާޓިފިޝަލް ބީޗު ސަރަހައްދުގައި "މިނިވަން މަހާސަމާ" ގެ ނަމުގައި ފެސްޓިވަލެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

މި ފެސްޓިވަލަކީ މާލެ ސިޓީ ކައުންސިލާއި އޭރިއަސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ގުޅިގެން ރާވާ ހިންގާ ފެސްޓިވަލެކެވެ.

އޭރިއަސް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން ބުނި ގޮތުގައި މި ފެސްޓިވަލުގެ މަޤްސަދަކީ، މިނިވަން ދުވަހާއި، ވިދިގެން އަންނަ ސްކޫލް ބަންދުގައި މާލޭގެ ރައްޔިތުންނަށާއި ކުޑަކުދިންނަށް މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް ރާވާ، ކުރިއަށް ގެންދިޔުމެވެ.

މި ފެސްޓިވަލުގައި ކުޑަކުދިންނަށް ޚާއްސަ ހަވީރުތަކާއި، ކޮންމެ ރެއަކު ފަޅުފިލުވުމުގެ ހަރަކާތްތައް އެތަނުގައި ކުރިއަށްދާނެއެވެ.

އޭގެ އިތުރުން ދިވެހި އުފެއްދުންތެރީންގެ އުފެއްދުންތަކާއި، ދިވެހިން އުފައްދާ ކާބޯތަކެތި ވިއްކުމަށްވެސް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ. ދިވެހި އުފެއްދުންތައް އުފައްދާ ވިޔަފާރިވެރިންގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 7588887 ނަންބަރާއި ގުޅައިގެން މި ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ހޯއްދެވޭނެ ކަމަށް އޭރިއަސް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު