11 ޑިސެންބަރު 2025
އެއަރޕޯޓުގެ ޑިއުޓީ ފްރީ ބޮންޑަޑް ޒޯންގެ ޚިދުމަތްވެސް ވަނީ ފަށާފައި، ފޮޓޯ: ރައީސް އޮފީސް

ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓްގެ ޓަރމިނަލް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކޮށް އެއެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އައު އިމާރާތެއް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންނެވެ.

މިއެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު