11 ޑިސެންބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށި ސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުން, ފޮޓޯ: ރައީސް އޮފީސް

ނޮވެންބަރު މަހުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލަނީ

އަންނަ ނޮވެމްބަރު މަހުގެ އެކައުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި މީގެކުރިން ކުރަމުންދިޔަ މަސްވެރިކަމުގެ ބާވަތެއްކަމުގައިވާ ކަށިމިޔަރުގެ މަސްވެރިކަންކުރުމަށް ހުޅުވާލަން ނިންމަވާފައިވާކަމަށެވެ. އަހަރުތަކެއް ކުރިން މިބާވަތުގެ މަސްވެރިކަން ކުޅުދުއްފުށީގައިވެސް ކުރިމަށާއި، ކުރިނަމަވެސް އެކަން ހުއްޓުވާފައި އޮތީ އެކި ސަބަބުތަކާއި ހެދިގެން ގަވާއިދުތަކަށް ގެނެވުނު ބަދަލުތަލުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު މެނޭޖްމަންޓް ޕްލޭނެއް ޑްރާފްޓްކޮށްފި. މިމެނޭޖްމަންޓް ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށިމިއަރުގެ މަސްވެރިކަމަށް ހުޅުވާލަން. އެކަންކުރަން ބޭނުންވާ ފަރާތްތަކަށް އެމަސައްކަތް ފެށުމަށް ތައްޔާރުވުމަށް ގޮވާލަން" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ތިމާވެއްޓާ ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ބެހޭ ވުޒާރާއާއެކު މަޝްވަރާކުރެވި، ކުރެވުނު މަސައްކަތްތަކުން ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް އަލުން ހުޅުވާލަން ނިންމެވީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށި ސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުން, ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި 3 ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މީގެކުރިންވަނީ ކޮށްފައެވެ. އެގޮތުން ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމެވެ. ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓިގެންދިޔައީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާއެކުގައެވެ. އެހެންނަމަވެސް ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވުމުގެ ކަންބޮޑުވުންވެސް އަޑުއިވެއެވެ.

ކަށިމިޔަރު މަސްވެރިކަންކޮށްގެން ބޮޑު ޢާމްދަނީއެއް ހޯދިދާނެކަމަށް ސަރުކާރުން އަންދާޒާކުރާއިރު މިއީ އަގު އެއްކޮށްގެން އުފައްދާ ކަށިމިޔަރު ތެޔޮ ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް ލިބިގެންދާނެ އިތުރު ފުރުސަތެކެވެ.

އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މަސްވެރިކަމުގެ އިތުރު ބާވަތްތައް އާލާކުރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.

ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރިން ރާއްޖޭގައި ކުރި މަސްވެރިކަމުގެ ބާވަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު