11 ޑިސެންބަރު 2025
މިޙާދިސާގައި ނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސްވަނީ ނިޔާވެފައިކަމަށް ފުލުހުން ވިދާޅުވޭ، ފޮޓޯ: އެމްއެންޑީއެފް

ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުންޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ

ކ. ތުލުސްދޫ ކައިރިން ދޯންޏެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ މިޙާދިސާގެ ރިޕޯޓު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އެ ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ނިޔާވެފައިވާކަން ފުލުހުންވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ނިޔާވެފައިވަނީ ބ. ކުޑަރިކިލަށް ނިސްބަތްވާ ފިރިހެނެކެވެ. އެމީހާ ތުލުސްދޫގައި ހުންނަ ކ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ޙަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެދޯނިން ދަތުރުކުރިކަމަށް މައުލޫމާތު ލިބިފައިވަނީ 6 މީހުންކަމަށެވެ. މިހާދިސާގައި ދަތުރުކުރި އަނެއް 5 މީހުންވަނީ ފެނިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު