11 ޑިސެންބަރު 2025
އިސްރަށްވެހިންގެ ނާދީތަކުގައި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމުގެ ތަމްރީން ޕްރޮގްރާމް ނިންމާލުން، ފޮޓޯ: ޖެންޑަރ މިނިސްޓްރީ

އިސްރަށްވެހިންގެ ނާދީތަކުގައި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމުގެ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބިނާކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، 4 ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭއިރު، ރަށުގައި ޤާއިމްކުރެވިފައިވާ މުއައްސަސާތަކާ ގުޅިގެން ޚިދުމަތް ފޯރުކޮށްދޭނެ ގޮތާއި، ރާވައިގެން އިސްރަށްވެހިންގެ ނާދީތަކުގައި ޚާއްޞަ ހަރަކާތްތައް ހިންގާނެ ގޮތާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، މި ތަމްރީން ޕްރޮގްރާމުގައި ވަނީ ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރެކޯޑު ބެލެހެއްޓުމާއި، ނާދީގައި ހިންގާ ހަރަކާތްތަކާ ގުޅޭ ރިޕޯޓުތައް އެކުލަވާލާނެގޮތްތަކުގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމަށް ވެސް އަލިއަޅުވާލާފައެވެ.

މި ޕްރޮގްރާމަކީ މި ވުޒާރާއިން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. ނާދީތައް ބިނާކުރުމާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 4 އަތޮޅަކުން ވަނީ ބައިވެރިވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު