11 ޑިސެންބަރު 2025
ރައީސް ނަޝީދު ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަދައްވަނީ

ނޫސްވެރިން ޒިންމާދާރު ވެސް ވާންޖެހޭ: ނަޝީދު

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލާ ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީތައް އެއްމޭޒަކަށް އައިސް މަޝްވަރާކުރަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިހާރު އޮތް މި ބިލުގެ މަސައްކަތް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. ނަމަވެސް މި ބިލުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާކަމަށް ބުނެ، މަދު ނޫސްވެރިންތަކެއް ދަނީ ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކޮށްލުމަށް ގޮވާލައި އިހުތިޖާޖުކުރަމުންނެވެ.

"މިއީ ހުރިހާ ސިޔާސީ ޕާޓީތައް ވެސް ނިކުމެ އެކުގައި ބިލާ ގުޅޭގޮތުން މަޝްވަރާކުރަން ޖެހޭ ވަގުތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރައްވަމުން އައި ނަމަވެސް، ނޫސްވެރިން ޒިންމާދާރުވާން ޖެހޭކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ވިސްނުން މިވަގުތު ހުރީ ބިލު ބޭރުކޮށްލުމުގެ ބަދަލުގައި، ކަންބޮޑުވުންތައް ހިމަނައިގެން އިސްލާހުތައް ގެނައުމަށެވެ.

ރާއްޖޭގައި މިނިވަން ނޫސްވެރިކަމަކަށް އެންމެ ފުރަތަމަ ވަކާލާތުކުރެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ނަޝީދު ވަނީ މި ބިލު ތަސްދީގު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގަންނަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މީޑިއާ ރެގިއުލޭޓު ކުރުމުގެ ބިލައް ބެނުންވަނީ ރާއްޖޭގައި ތިބިދީނީ
    ޢިލްމުވެރިންގެ ލަފާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު