17 ޑިސެންބަރު 2025
ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި ގައުމީ ޓީމަށް ހޫނު މަރުޙަބާއެއް، ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި ގައުމީ ޓީމަށް ހޫނު މަރުޙަބާއެއް

57 ވަނަ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕު 2025 ގައި ވާދަކޮށް ލޯ މެޑަލް ހާސިލްކުރި ގައުމީ ބޯޑީބިލްޑިންގ ޓީމު މިއަދު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެ ޓީމަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވީ ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ޠަލާލާއި ކުޅިވަރު ވުޒާރާގެ އިސްވެރިންނެވެ.

މި މުބާރާތުގައި ރާއްޖެއަށް ލޯ މެޑަލް ހޯދައިދިނީ ގައުމީ ބޯޑީބިލްޑިންގ ޓީމާ ދާދިފަހުން ގުޅުނު މަނާފް ވަހީދެވެ. މި މަހުގެ 18 އިން 25 އަށް ތައިލޭންޑުގެ ބެންކޮކުގައި ބޭއްވުނު މުބާރާތުން މަނާފަށް ލޯ މެޑަލް ލިބުނީ ފިރިހެނުންގެ އެތުލެޓިކް ފިޒީކް 160 ސެންޓިމީޓަރުގެ ގިންތިންނެވެ.

ތައިލޭންޑުގެ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމުކުރި މި މުބާރާތުގައި ރާއްޖެއިން ހަތަރު އެތުލީޓުން ވާދަކުރިއެވެ. އެއީ މަނާފްގެ އިތުރުން އަލީ މަބްރޫކް ލަތީފް، އިސްމާއިލް ޝުޢާއު ޢަބްދުﷲ އަދި އަހުމަދު ނަޢީމްއެވެ.

މި މުބާރާތުގައި މަނާފް ވާދަކުރީ ދޮޅު މަސްދުވަހުގެ ތަމްރީނުތަކަށްފަހުއެވެ. 18 އެތުލީޓުންނާ ވާދަކޮށް ލޯ މެޑަލް ހާސިލުކުރި މަނާފް ބުނީ މުބާރާތާ ކުރިމަތިލިއިރު ކޮންމެވެސް ވަރަކަށް ހާސްކަން ކުރިމަތިވި ނަމަވެސް، ކޯޗު ޢަބްދުލް ހަސީބު ހުސައިންގެ އިރުޝާދާއި ހިތްވަރާއެކު މުބާރާތުން ނެރެވުނު ނަތީޖާއާމެދު ފަޚުރުވެރިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު