11 ޑިސެންބަރު 2025

މޫނު ބުރުގާ އަޅައިގެން ޝަރުޢީ ދާއިރާގައި މަސައްކަތްކުރެވޭގޮތަށް ޤަވާއިދު އިޞްލާޙްކޮށްފި

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްްކަތް ކުރެވޭގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ކަނޑައަޅައިފިއެވެ. ޑީޖޭއޭއިން ވިދާޅުވީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމަށް ކޯޓުތަކުގެ އިތުރުން މި ދާއިރާގައި މަސައްކަތްކުރަމުންދާ އެހެން އިދާރާތަަކަށް އަންގާފައިވާނެކަމަށެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 އަށް އިސްލާހު ގެނައުމުގެ ކުރިން އޮންނަ ގޮތުން ޝަރުޢީ ދާއިރާގެ ކޮންމެ ޚިދުމަތަކީވެސް ޒިންމާދާރުކަމާއެކު އަދާކުރަންޖެހޭ އަދި ޖަވާބުދާރީ ވާން ޖެހޭ ޚިދުމަތަކަށްވެފައި، ޚިދުމަތްދޭ މުވައްޒަފު މަސައްކަތު ގަޑީގައި ހެދުން އަޅަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށެވެ. ޑީޖޭއޭއިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011ގެ ހެދުން އެޅުމާ ގުޅޭގޮތުން އޮތް 129 މާއްދާ ވަނީ އިސްލާހުކޮށްފައެވެ.

ޝަރުޢީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މި މާއްދާއަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވެއެވެ. ނަމަވެސް މަސައްކަތުގެ މާހައުލުގެ ތެރެއިން މިފަދަ ހެދުން އަޅާ މުވައްޒަފުންނަކީ ކާކުކަން، ކަށަވަރުނުވެއްޖެނަމަ، އެފަދަ މުވައްޒަފެއްގެ މޫނު، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެކަމަށް އިސްހާލުގައިވެއެވެ.

މީގެ އިތުރުން ޝަރުޢީ ދާއިރާގެ ބައެއް އުސޫލުތައް ޒަމާނަށް ފެއްތުމަަށްޓަކައި ޑީޖޭއޭއިން މިހާރު އަންނަނީ އިސްލާހުތައް ގެންނަމުންނެވެ.

މީގެ ކުރިން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމުގެ ފުރުސަތު އޮތީ ހަނިވެފައެވެ. މިގޮތުން މީގެ ކުރިން މިފަދަ ކަންކަމުގައި ވަޒީފާއިންވެސް ވަކިކޮށްފައިވެއެވެ. އަދި ވަޒީފާ ދިނުންވެސް ހުއްޓުވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެކަމަށާއި މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނޫނީ ޤަވާއިދެއް އޮތްނަމަ، އެ ޤަވާއިދެއް ބަދަލު ކުރަންޖެހޭކަމަށެވެ. އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާ އެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އެމަނިކުފާނުވަނީ މި މުޖުތަމަޢަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަންޖެހޭކަމަށް ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މީހުން މަގުފުރަދަ ރެއާދުއަާލު ކުރާމަސެކަތްތިއީ އިސްލާމީސަރިޔަތެ ނެ ހަޑިމުޑުދާރުއް ތަންތަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު