17 ޑިސެންބަރު 2025

ޑރ. ޝަމްހީދަށް "ހެޔޮއެދޭ މީހުން"ގެ ފަރާތުން 1.5 މިލިއަން ރުފިޔާ ލިބިފައިވޭ: މާލީ ބަޔާން

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދަށް އަހަރެއްގެ ތެރޭގައި "ހެޔޮއެދޭ މީހުން"ގެ ފަރާތުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ހިސާބުތައް އާންމުކުރަން ފަށާފައިވާއިރު، މެންބަރު ޝަމްހީދު ހާމަކުރެއްވި މާލީ ބަޔާނުގައިވާ ގޮތުން، 2024 މެއި 28 އިން 2025 މެއި 27 ގެ ނިޔަލަށް މުސާރައިގެ ގޮތުގައި 861،218.49 ރުފިޔާ ލިބިފައިވެ އެވެ. އަދި ވިޔަފާރީގެ ނަފާގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެނގެއެވެ.

"ހެޔޮއެދޭ މީހުން"ގެ ފަރާތުން ލިބުނު ފައިސާގެ ތަފްސީލަށް ބަލާއިރު، 43،000 ޑޮލަރާއި 880،000 ރުފިޔާ ލިބިފައިވާ ކަމަށް ހާމަކޮށްފައިވެ އެވެ. މިއީ ދިވެހި ރުފިޔާއިން ޖުމްލަ 1.5 މިލިއަން ރުފިޔާގެ އަދަދެކެވެ.

މެންބަރު ޝަމްހީދުގެ ބޭންކް އެކައުންޓްތަކުގައި މިވަގުތު ހުރި ފައިސާގެ އަދަދުތަކަށް ބަލާއިރު، 66،847.42 ރުފިޔާ އަދި 47،216.67 ޑޮލަރު ހުރިކަމަށް ހާމަކުރައްވާފައިވެ އެވެ. މިއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 794،900 ރުފިޔާއެވެ.

ޤާނޫނުއަސާސީގެ 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމަށް ހުށަހަޅަންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު