11 ޑިސެންބަރު 2025
ނަބަވީ މިސްކިތް

މަނަދޫ އަޒީގެ ޅެންހާރު: ތިޔައޭވިމާތް ރަސޫލަކީ

*ރާގު! މާނާމެރޭ ހަސީންސަނަމް…

ޢާލަމްތަކަށް ފޮނުއްވިމާތް ތިޔައޭ ވިމާތް ރަސޫލަކީ
ވާހައިޒަމާންތަކަށް އިތުރު އައުދާނަ ސާހިބާއަކީ
ހުރިހައިނަބީން ރަސޫލުނާ ދެއްވެވި ބަޝާރަތުންއެނގޭ 2
(ދެއްވެވި ބަޝާރަތުންއެނގޭ)
ހުރިހައި މަކާރިމުންހޮވޭ ފުރިހަމަވިމާތް މިސާލަކީ
ގެންނެވި ރިސާލަތާއެކީ ގެންނެވި ހިދާޔަތާ އެކީ 2
(ގެންނެވި ހިދާޔަތާ އެކީ)
ދެއްކެވި ޞިރާޠުގައި ވިމާތް ތިޔައޭއިތުރު ނަބީޔަކީ
އިސްރާގެ މާތްވި ޢިއްޒަތާ މިޢުރާޖްދޭ ޝަރާފަތާ 2
(މިޢުރާޖްދޭ ޝަރާފަތާ)
ނިސްބަތްވެ ޚާއްޞަވީ ފަޚުރު ތިޔައޭ އެ މާތްއިމާމަކީ
އުންމަތުގެ ޙާލުބައްލަވައި މަޙްޝަރުގެ ބިންމަތީއެވާ 2
(މަޙްޝަރުގެ ބިންމަތީއެވާ)
އުންމަތުގެ ޙައްޤުގައި ތިއޭ ލޮބުވެތިވިމާތް ޝަފީޢަކީ
ޢަދަދެއްނުވާ ސަނާތަކުން ޢަދެއްނުވާ ސަލާމްތަކުން 2
(ޢަދަދެއްނުވާ ސަލާމްތަކުން)
މަދަހައިގެރީތި ޝިޢުރުތައް އަބަދަށްއޮހޭ ޙަބީބަކީ

28 އޮގަސްޓް 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *