11 ޑިސެންބަރު 2025

ނޭޕާލުގައި ފޭސްބުކް ހިމެނޭ ގޮތަށް ބައެއް މީސްމީޑިޔާ މަންސަތައް މަނާކުރަން ނިންމައިފި

ނޭޕާލްގެ ސަރުކާރުން އެ ޤައުމުގައި ބައެއް މީސްމީޑިޔާ މަންސަތައް ބޭނުންކުރުން މަނާކުރުމަށް ނިންމައިފިއެވެ. މީގެ ތެރޭގައި މަޝްހޫރު މީސްމީޑިޔާ މަންސަ ފޭސްބުކްވެސް ހިމެނެއެވެ. މި ނިންމުން ނިންމާފައިވަނީ އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުގައި ރަޖިސްޓަރީ ކުރުމަށް މީސްމީޑިޔާ މަންސަތަކަށް ދިން މުހުލަތު ހަމަވުމަށްފަހުއެވެ.

ނޭޕާލްގެ ސަރުކާރުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ފިޔަވަޅު އަޅަން ޖެހުނީ ފޭކް އެކައުންޓްތައް މެދުވެރިކޮށް ސާބިތުނުހިފޭ މަޢުލޫމާތު ފެތުރުމާއި، ނަފްރަތު އުފެއްދުމުގެ ޢަމަލުތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. އަދި ސައިބަރ ކްރައިމްގެ މައްސަލަތައް އިތުރުވެ، މުޖުތަމަޢުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރަމުންދާތީއެވެ.

30 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޭޕާލްގައި އާބާދީގެ 90 އިންސައްތަ މީހުން އިންޓަރނެޓް ބޭނުންކުރެއެވެ. މީސްމީޑިޔާ މަންސަތައް ރަޖިސްޓަރީ ކުރުމަށް ދިން މުހުލަތު ހަމަވީ ސެޕްޓެންބަރު 3 ވަނަ ދުވަހުއެވެ. ޓިކްޓޮކް، ވައިބަރ، ވީޓޯކް، ނިމްބަޒް އަދި ޕޮޕޯ ލައިވް ފަދަ މަންސަތައް ވަނީ ރަޖިސްޓަރީ ކޮށްފައެވެ. ނަމަވެސް ފޭސްބުކް ރަޖިސްޓަރީ ކޮށްފައި ނުވާކަން އެ ޤައުމުގެ މުއާޞަލާތާބެހޭ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ސެޕްޓެންބަރު 4 ވަނަ ދުވަހު ނޭޕާލްގެ ސަރުކާރުން ވަނީ ރަޖިސްޓަރީ ނުކުރާ މަންސަތައް ބްލޮކްކުރުމަށް އެ ޤައުމުގެ މުއާޞަލާތާބެހޭ އިދާރާ (އެންޓީއޭ) އަށް އަމުރުކޮށްފައެވެ. ނަމަވެސް ކޮން މަންސަތަކެއްކަން އަދި ވަނީ ސާފުކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ.

މީސްމީޑިޔާ މަންސަތައް ރެގިއުލޭޓްކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ޔޫރަޕިއަން ޔޫނިއަން، ބްރެޒިލް އަދި އޮސްޓްރޭލިޔާ ހިމެނެއެވެ. މި ޤައުމުތަކުން ބުނާ ގޮތުގައި މިފަދަ ފިޔަވަޅުތައް އަޅަނީ ދޮގު މަޢުލޫމާތު ފެތުރުން ހުއްޓުވުމަށާއި، ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތު ރައްކާތެރިކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު