11 ޑިސެންބަރު 2025
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު، އެންޖެލާ ރޭނަރ ފޮޓޯ: ރޮއިޓަރސް

ޓެކުހާ ގުޅޭ މައްސަލައެއްގައި ހޫނު ފެނަށް ވެއްޓި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު އިސްތިޢުފާ ދެއްވައިފި

އަލަށް ބައްލަވައިގެންނެވި ގެކޮޅަކަށް ދައްކަވަންޖެހޭ ޓެކްސް ދެއްކެވި އަދަދާމެދު ނުރުހުން ފާޅުކުރަމުންދަނިކޮށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު، އެންޖެލާ ރޭނަރ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

މަޤާމުން އިސްތިޢުފާ ދެއްވައި ފޮނުއްވި ސިޓީގައި ރޭނަރ ވިދާޅުވީ ޓެކްސްއާބެހޭ ތަޖުރިބާކަރެއްގެ ލަފާ ނުހޯއްދެވުމަކީ އޭނާއަށް ހެއްދެވުނު ގޯހެއް ކަމަށާއި އެ ކަމާ ހިތާމަ ކުރައްވައި ކަމަށެވެ. އެ ކަމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާގެ އިސްތިޢުފާއާ ގުޅިގެން، ބޮޑުވަޒީރު ސްޓާމަރ ވިދާޅުވީ ސަރުކާރުން ރޭނަރ ވަކިވެވަޑައިގަތުމަކީ ސަރުކާރަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. ނަމަވެސް ރޭނަަރ ނިންމަވާފައިވާ އުނދަގޫ ނިންމެވުން ޤަބޫލުކުރައްވައި ކަމަށާއި އެއީ މި ޙާލަތުގައި ރޭނަރއަށް އެޅުއްވޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ވެސް ސްޓާމަރ އެއްބަސްވެވަޑައިގަތެވެ.

އަދި، ރޭނަރއަކީ އިތުބާރު ކުރެވޭ ބައިވެރިއެއް އަދި ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ސްޓާމަރ ސިފަކުރެއްވިއެވެ. ސަރުކާރުގައި މުހިންމު ދައުރެއް ޢަދާ ކުރައްވަމުން ދިޔަ ރޭނަރ ސަރުކާރާ އަލްވަދާޢު ކިޔުއްވި ނަމަވެސް އޭނާއަކީ ވެރިކަންކުރާ ޕާޓީގެ މުހިންމު މެންބަރެއް ކަމަށް ސްޓާމަރ ވިދާޅުވިއެވެ.

ޓެކްސް ދެއްކުމާ ގުޅޭގޮތުން ޤާނޫނީ ލަފާ ހޯއްދަވާފައިވާ ނަމަވެސް ޓެކްސްއާ ގުޅޭ ތަޖުރިބާކާރެއްގެ ލަފާ ހޯއްދަވާފައި ނުވާ ކަމަށް މުޝީރު ވަނީ ވިދާޅުވެފައެވެ. އޭނާ ހުންނެވި މަޤާމުގެ ގޮތުންނާއި އުފުއްލަވައި ޒިންމާތަކުގެ ސަބަބުން އެ ފަދަ ތަޖުރިބާކާރެއްގެ ލަފާ އެ ޙާލަތުގައި ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ރޭނަރއަކީ ސްޓާމަރގެ ސަރުކާރާ ވަކިވެވަޑައިގަންނަވާ އަށްވަނަ ވަޒީރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު