11 ޑިސެންބަރު 2025
ހުސައިން ފަހުމީ

ފަހުމީގެ ޝުކުރު ރައީސަށް! "އެންމެން ގުޅިގެން ހޯދުނު ކާމިޔާބީތަކާ މެދު އަޅުގަނޑު ވަރަށް ފަޚުރުވެރިވަން"

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި ޙުސައިން ފަހުމީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވުމަށް ދެއްވި ފުރުސަތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު އިއުލާންކުރި ގޮތުގައި، ފަހުމީގެ ބަދަލުގައި އެ މަގާމަށް އައްޔަންކޮށްފައިވަނީ ދައުލަތުގެ މަސް ކުންފުނީގެ ކުރީގެ ސީއީއޯ އަދި މިހާރުގެ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސަމާހު ރަޝީދެވެ.

1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި މަސައްކަތްކުރައްވަމުން އައި ފަހުމީ، އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

މަގާމުން ވަކިކުރުމާ ގުޅިގެން އެކްސްގައި ޕޯސްޓެއް ކުރައްވައި ފަހުމީ ވިދާޅުވެފައިވަނީ، 27 އަހަރު މަސައްކަތްކުރައްވާފައިވާ ކުންފުނި ހިންގެވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް މުޙައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ސްޓެލްކޯގެ ކާމިޔާބީގެ ފަހަތުގައި ތިބި މުވައްޒަފުންގެ ބުރަ މަސައްކަތަށް ވެސް ޝުކުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެން ގުޅިގެން ހޯދުނު ކާމިޔާބީތަކާ މެދު އަޅުގަނޑު ވަރަށް ފަޚުރުވެރިވަން އަދި މުސްތަގުބަލުގައި ވެސް ސްޓެލްކޯއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެން،" ފަހުމީ ލިޔުއްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު