11 ޑިސެންބަރު 2025
ނޭޕާލުގައި ސޯޝަލް މީޑިއާ ބްލޮކް ކުރުމާ ގުޅިގެން ހިނގި އިހުތިޖާޖުގެ ތެރެއިން، ފޮޓޯ: ރޮއިޓަރސް

ނޭޕާލުގައި ސޯޝަލް މީޑިއާ ބްލޮކް ކުރުމާ ގުޅިގެން ބޭއްވި އިހުތިޖާޖުގައި 19 މަރު؛ ޚިދުމަތް އަލުން ދޭން ފަށައިފި

ނޭޕާލް ސަރުކާރުން ސޯޝަލް މީޑިއާ ބްލޮކް ކުރުމާ ގުޅިގެން ހިނގި އިހުތިޖާޖުތަކުގައި 19 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވުމާ ގުޅިގެން، ސޯޝަލް މީޑިއާގެ ޚިދުމަތްތައް އަލުން ދޭން ފަށައިފިއެވެ. މި ނިންމުން ނިންމާފައިވާކަން ހާމަކުރެއްވީ، ކެބިނެޓް ސްޕޯކްސްޕަރސަން އަދި މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރ ޕްރިތްވި ސުބްބާ ގުރުންގް ކަމަށް ރޮއިޓަރސް އިން ބުނެފައިވެއެވެ.

ސަރުކާރުން ސޯޝަލް މީޑިއާ ބްލޮކް ކުރި ކުރުމާ ދެކޮޅަށް "ޖެން ޒެޑް" ޕްރޮޓެސްޓްގެ ނަމުގައި ހިނގި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ. މި މުޒާހަރާތަކަކީ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަދި އިޤްތިޞާދީ ފުރުޞަތުތައް އިތުރު ކުރުމަށް ގޮވާލައި ކުރެވުނު މުޒާހަރާތަކެކެވެ.

ބަލައިގަތުމަށް ދަތި މި ހާދިސާއާ ގުޅިގެން، ބޮޑުވަޒީރު ކޭ.ޕީ ޝަރމާ އޯލީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމަށާއި، އަނިޔާވި މީހުންނަށް ހިލޭ ފަރުވާ ދިނުމަށް ނިންމާފައެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އެޅުމަށްޓަކައި 15 ދުވަހުގެ ތެރޭގައި ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލާނެ ކަމަށްވެސް އޯލީ ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު