11 ޑިސެންބަރު 2025

މެކްސިކޯގައި ބަހަކާއި ރޭލެއް ޖެހުމުގެ ހާދިސާގައި 10 މަރުވެ، 61 މީހުން ޒަޚަމްވެއްޖެ

މެކްސިކޯގެ އެޓްލަކޮމުލްކޯ އާއި މަރަވަޓިއޯ ދެމެދުގައިވާ ސިނާއީ ސަރަހައްދެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 10 މީހުން މަރުވެ، 61 މީހުން ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގީ ދެ ބުރި ބަހެއް ރޭލް މަގު ހުރަސް ކުރަން އުޅެނިކޮށް ރޭލުގައި ޖެހުމުގެ ސަބަބުންނެވެ.

މެކްސިކޯގެ އެޓާރނީ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި މި ހާދިސާގައި މަރުވި 10 މީހުންގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި 3 ފިރިހެނުންނެވެ. ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލަތު ވަރަށް ސީރިއަސްކަމަށާއި، އަނެއްބައި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ނެގިފައިވާ ފޮޓޯތަކުން ދައްކާގޮތުގައި ބަހުގެ މަތީ ބައިގެ ކުރީކޮޅު ވަނީ އެއްކޮށް ހަލާކުވެފައެވެ. މެކްސިކޯގައި މިފަދަ ހާދިސާތައް އާންމުކޮށް ހިނގާކަން ފާހަގަކުރެވެއެވެ. 2023 ވަނަ އަހަރު އެކަނި މެކްސިކޯގެ ފެޑެރަލް ހައިވޭތަކުގައި 12,099 އެކްސިޑެންޓް ހިނގާފައިވާއިރު، މިކަމުގެ ސަބަބުން 1,900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު