2026 ވަނަ އަހަރުގެ ފެބުރުވަރީ އަދި މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު ގެ "ނޯމަލް އެންޓްރީ" ގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި އިމްތިޙާނުތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރިއަށް ގެންދާނެއެވެ.
ފޯމް ބަލައިގަތުމާއި ދޫކުރުން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެދުނު 08:30 އިން މެންދުރު 13:30 އަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ވެބްސައިޓް (www.dpe.edu.mv) އިން ލިބެން ހުންނާނެ ކަމަށާއި، އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް [email protected],mv އަށް މެއިލް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.



