11 ޑިސެންބަރު 2025
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފޮތް މައުރަޒު، ފޮޓޯ: ޕީއެސްއެމް ނިއުސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފޮތް މައުރަޒު ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ ފޮތް މައުރަޒު ފަށައިފިއެވެ. މިއީ އެމްއެންޔޫއިން މި ފޮތް މައުރަޒު ކުރިއަށްގެންދާ 5 ވަނަ ފަހަރެވެ.

މި ފޮތް މައުރަޒު ހުޅުވައިދެއްވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދެވެ.

މިއަހަރުގެ ފޮތް މައުރަޒުގައި 33 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެމްއެންޔޫގެ މިއަހަރުގެ ފޮތް މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 13 އާހަމައަށް ކޮންމެ ދުވަހަކު ހަވީރު 04:00 އިން އިރުއޮއްސި 06:00 އަދި ރޭގަނޑު 08:00 އިން 10:00 އަށެވެ.

އެމްއެންޔޫއިން ވިދާޅުވީ، މި ފޮތް މައުރަޒަކީ ދިވެހި ލިޔުންތެރިންނާއި ދިވެހި އުފެއްދުންތެރިކަމުގެ ފޮތްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ މައުރަޒެއް ކަމަށެވެ. އަދި އާންމުންނަށް އެއްތަނަކުން އެކި ބާވަތްތަކުގެ ފޮތްތައް ފޯރުކޮށްދިނުމަކީވެސް މި މައުރަޒުގެ މަޤުޞަދެއްކަމަށްވެސް އެމްއެންޔޫއިން ވިދާޅުވިއެވެ. މި ފޮތް މައުރަޒުގައި ހުންނާނީ މުޅިންވެސް ދިވެހި ލިޔުންތެރިންގެ ފޮތްތައް ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.

އެމްއެންޔޫގައި ކުރިއަށްގެންދާ ފޮތް މައުރަޒަކީ ލިޔުންތެރިންނާއި ފޮތް ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ މައުރަޒެއްކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު