11 ޑިސެންބަރު 2025
މޯލްޑިވްސް ޕޮލިސް ސާވިސްގެ މައި އިދާރާ، ޙުސައިން އާދަމް ބިލްޑިންގ

ފ. ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ފ. ނިލަންދޫން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި ފުލުހުން ވިދާޅުވީ ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ މައްސަލައެއް މިމަހުގެ މިރޭ 10:15 އެހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ކުޑަކުއްޖަކަށްވުމާއެކު އެކުއްޖާއާ ގުޅޭ އިތުރު ތަފްޞީލް ފުލުހުން އަދި ހާމަކޮށްފައިނުވެއެވެ. އާދީއްތާ ދުވަހުގެ ހަވީރު ގެއިން ނިކުތް ގޮތައް އެ ކުއްޖާގެ ޚަބަރެއްވެފައި ނުވާކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި، ރަށު ކައުންސިލާއި، ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު