11 ޑިސެންބަރު 2025
ހުޅުމާލޭގެ 1 ވަނަ ފޭސް އާއި 2 ވަނަ ފޭސް ގުޅޭ ސަރަހައްދު، ފޮޓޯ؛ އެޗްޑީސީ

ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުޅުމާލޭގެ ޗެނެލުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާކުރަނީ

ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ސަރަހައްދުގެ މޫދު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުޅުމާލޭގެ ޗެނެލުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާކޮށްފިއެވެ.

އެޗްޑީސީން މިއަދު އާންމުކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ، ހުޅުމާލޭގެ 1 ވަނަ ފޭސް އާއި 2 ވަނަ ފޭސް ގުޅޭ ސަރަހައްދުގެ ޗެނެލަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށާއި، މީގެ އިތުރުން މި ސަރަހައްދަކީ އެ ކޯޕަރޭޝަނުން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއައްގެންދާ މަސައްކަތުގެ ދަށުން މުރަކު އިންދާ އަލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެެއް ކަމަށެވެ.

އެ ސަރަހައްދުގެ ތެރޭގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ އެ ސަރަހައްދުގައި މޫދަށް އެރި އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމަކަން ވާތީއާއި، އަދި އެ ސަރަހައްދުގެ މޫދުގައި މުރަކަ އިންދައި އާލާކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތަށް ދަތިވާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހުޅުމާލޭގެ 1 ވަނަ ފޭސް އާއި 2 ވަނަ ފޭސް ގުޅޭ ސަރަހައްދު، ފޮޓޯ؛ އެޗްޑީސީ

އެހެންވެ، 19 ސެޕްޓެންބަރ 2025 ވަނަ ދުވަހުން ފެށިގެން އިންޖީނުލީ އުޅަނދު ފަހަރު އެ ސަރަހައްދުގެ ތެރޭގައި ދުއްވުމަކީ މަނާކަމެއްކަމުގައި އެޗްޑީސީން ވަނީ އިޢުލާންކުރައްވާފައެވެ.

އެ ކޯޕަރޭޝަނުގެ ފަރާތުން އަންގާ އެންގުންތަކަށް ރައްޔިތުން ގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު