11 ޑިސެންބަރު 2025
މިސްކިތްތަކަށް ހަދިޔާކުރާ މުސްޙަފުތައް ބެހުމަށް އުއްމީދު ޖަމިއްޔާއާ ހަވާލުކުރެއްވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިސްކިތްތަކަށް ހަދިޔާކުރާ މުސްޙަފުތައް ބެހުމަށް އުއްމީދު ޖަމިއްޔާއާ ހަވާލުކޮށްފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިސްކިތްތަކަށް ހަދިޔާކުރާ މުޞްޙަފްތައް ބެހުމަށް، އުއްމީދު ޖަމިއްޔާއާ ހަވާލުކޮށްފިއެވެ.

އ ހޯރަފުށި، ހދ. ނޮޅިވަރަންފަރު، ހދ. ހަނިމާދޫ، ނ. ހެނބަދޫ، ބ. މާޅޮސް، އއ. ތޮއްޑޫ، ގއ. ކަނޑުހުޅުދޫ އަދި އައްޑޫސިޓީގެ މިސްކިތްތަކަށް ހަދިޔާކުރާ މުޞްޙަފްތައް، "އުންމީދު ޖަމިއްޔާ" މެދުވެރިކޮށް ކައުންސިލްތަކަށް ޙަވާލުކުރުމަށް ވެވޭ އެއްބަސްވުމުގައި ދެފަރާތުން މިއަދުވަނީ ސޮއިކޮށްފައެވެ.

މިކަމާ ގުޅޭގޮތުން، އިސްލަމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މުސްޙަފް ބޭނުންވެގެން ގިނަ ކައުންސިލްތަކަކުން އެދެމުންދާކަމަށެވެ. އެހެންކަމުން އުއްމީދު ޖަމިއްޔާ މެދުވެރިކޮށް، މި ރަށްތަކަށް މުސްޙަފު ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިސްކިތްތަކަށް ހަދިޔާކުރުމަށް ކައުންސިލްތަކަށް ފޮނުވަމުންދާނީ ސަޢުދީން ރާއްޖެއަށް ހަދިޔާކޮށްފަވާ މުސްޙަފްތައް ކަމަށެވެ.

މިއަހަރުގެ އޭޕްރިލް މަހުވެސް ސަޢުދީއިން ރާއްޖެއަށް ވަނީ 25000 މުސްޙަފް ހަދިޔާކޮށްފައެވެ. ސަޢުދީއިން ވެދެއްވަމުންދާ މިފަދަ އެހީގެ ސަބަބުން، ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު