ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިމި، މެންބަރުން ޗުއްޓީގައި ތިއްބެވި ނަމަވެސް، ދައުރުން ބޭރުން އިތުރު ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ. މާދަމާ ހެނދުނު 9:00 އަށް ތާވަލުކޮށްފައިވާ މި ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ތިންވަނަ ޖަލްސާއެވެ.
ޖަލްސާ އޮންނާނެކަން އިޢުލާންކޮށްފައިވީ ނަމަވެސް، އެޖެންޑާ ޢާންމުކުރާނީ މިރޭގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އާންމުންގެ ޚިޔާލު ހޯދުމާ ގުޅޭ ބިލު ފާސްކޮށްފައެވެ. މީގެއިތުރުން، ސިވިލް ސަރވިސް ކޮމިޝަނަށް ރައީސަކާއި ނައިބު ރައީސަކު އައްޔަނުކުރުމަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ނައިބު ރައީސަކު އައްޔަނުކުރުމަށް ވެސް ވަނީ ރުހުން ދީފައެވެ.



