11 ޑިސެންބަރު 2025

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި ދުވެލީގައި

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތައް ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފިއެވެ.

މި މަޝްރޫޢުގެ ދަށުން ސީ-ޗެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތުގެ 73 އިންސައްތަ ނިމިފައިވާއިރު، އެންކަރ ބްލޮކް އިންސްޓޯލް ކުރުމުގެ މަސައްކަތުގެ 55 އިންސައްތަ ވަނީ ނިންމާފައެވެ. މީގެއިތުރުން ބިންހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ ވަނީ ނިމިފައެވެ. އަދި މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓްގައި ޝީޓްޕައިލް އިންސްޓޯލް ކުރުމުގެ މަސައްކަތުގެ 132 މީޓަރު ވަނީ ނިންމާފައެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހިނގާ މީހުންނަށް ފަސޭހަ ގޮތަށް ފަރުމާކުރެވިގެންދާނެއެވެ. އަދި މަގުތައް ތަނަވަސްކުރެވި، ޓްރެފިކް ތޮއްޖެހުން ކުޑަކުރެވިގެންދާނެއެވެ.

މީގެއިތުރުން މި މަޝްރޫޢުގެ ދަށުން ވާރޭ ފެން ހިންދުމުގެ ނިޒާމެއް ޤާއިމްކުރެވި، ވާރޭވެހޭ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. މިއީ މަގު ބޭނުންކުރާ އެންމެހާ ފަރާތްތަކަށް މަގުތައް އިތުރަށް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތަށް ކުރިއަށްގެންދެވޭ މަޝްރޫޢުއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު