ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް "ލޯތްބާއެކު" ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ވިމެން އިން ޕޮލިސިންގ ދުވަހަކީ 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ސެޕްޓެންބަރު މަހުގެ 17 ވަަަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.

ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް "ލޯތްބާއެކު" ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުން، ފޮޓޯ: ފުލުހުން
ލޯތްބާއެކު ނަމުގައި އަންހެން ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތް، ފުލުހުން ގާއިމުވެފައިވާ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދެއެވެ. އެގޮތުން، އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އަންހެން ފުލުހުން މަގުތަކަށް ނުކުމެ ރައްޔިތުންނާ ބައްދަލުކޮށް ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ.

ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް "ލޯތްބާއެކު" ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުން، ފޮޓޯ: ފުލުހުން
އަދި މިހާރު ރާއްޖޭގައި އެންމެ އާންމުވެފައިވާ ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުމަށް މައުލޫމާތު ދީފައިވެއެވެ. މިގޮތުން، ހަލުވިކަމާއެކު ބަދަލުވަމުންދާ ސްކޭމްގެ މައްސަލަތަކާއި މިފަދަ ކުށްކުރާ ފަރާތްތަކުން ގެންގުޅޭ އުކުޅުތައް ކިޔައިދީ އަދި އެފަދަ ކަންކަމުން ރައްކާތެރިވުށާއި ސަލާމަތްވެ ތިބުމަށް ފަރުދީގޮތުން ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ހޭލުންތެރިކަމުގެ މެސެޖުތައް ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.
މީގެ އިތުރުން ވެސް ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



