11 ޑިސެންބަރު 2025
އިސްރާޢީލުން 18 ސެޕްޓެންބަރުގައި ޣައްޒާއަށް ދިން ޙަމަލާއެއް، ފޮޓޯ: ރޮއިޓަރސް

އިސްރާއީލުގެ ހަމަލާތައް ވަރުގަދަކުރި ދަނޑިވަޅެއްގައި، ޣައްޒާގައި އިސްރާޢީލުގެ 4 ސިފައިން މަރާލައިފި

ބުރާސްފަތި ދުވަހު އިސްރާއީލުގެ ޓޭންކުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީއަށް ދިން ހަމަލާތައް އިތުރަށް ހަރުކަށިވެފައި ވަނިކޮށް، އިސްރާއީލު ސިފައިންގެ 4 ސިފައިން މަރުވެއްޖެއެވެ.

އޭފްޕީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކާ ގުޅިގެން ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ވަނީ ދެކުނަށް ފުރައިގެން ދާންފަށާފައެވެ.

"އެއްގަމުމަގުން ދޭ ހަމަލާތަކާއި، މަތިންދާބޯޓުތަކުގެ ހަމަލާތަކާއި، ޑްރޯން ހަމަލާތައް ހުއްޓުމެއް ނެތި ދެމުން ދަނީ" ޣައްޒާ ސިޓީގައި 13 ޢާއިލާގެ މެންބަރުންނާއެކު ހިމާޔަތް ހޯދަމުންދާ 32 އަހަރުގެ އާޔާ އަހްމަދު ބުންޏެވެ.

"ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންތައްތައް ނުވިސްނޭ. އިސްރާއީލުން ބޭނުންވަނީ އަހަރެމެން ދެކުނަށް ފުރައިގެން ދިއުމަށް، އެކަމަކު އަހަރެމެން ދިރިއުޅޭނީ ކޮންތާކު؟ ޓެންޓެއްވެސް، ދަތުރުކުރާނެ ގޮތެއްވެސް، ފައިސާއެއްވެސް ނެތް" އާޔާ އަހްމަދު އިތުރަށް ބުނެފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޯމް ގެބްރެއިސަސް ވަނީ މި ހަމަލާތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި މެންދަމުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި މަރުވި 33 މީހުންގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެނެވިފައިވެއެވެ. އަދި ހަމާސްގެ ހަތިޔާރުއެޅި އަލް-ޤައްސާމް ބްރިގޭޑްސްއިން ވަނީ އިސްރާއީލު ސިފައިންނަށް ހަރުކަށި އިންޒާރެއް ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު