11 ފެބުރުވަރީ 2026
ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ދަސްވެނިވުމުގެ ފަޚުރުވެރި ރަސްމިއްޔާތުގައި، ފޮޓޯ: ބަހާބެހޭ ވުޒާރާ

ދިވެހިބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވި ޑރ. އާމިނަތު ޒާހިރަށް ބަހާބެހޭ ވަޒީރުގެ ތަހުނިޔާ

ދިވެހިބަހުގެ ދާއިރާއިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ (ޑޮކްޓަރ އޮފް ފިލޯސަފީ) ޙާޞިލްކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނި ޑރ. އާމިނަތު ޒާހިރަށް ބަހާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަރަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގައި އިއްޔެ ބޭއްވި ދަސްވެނިވުމުގެ ފަޚުރުވެރި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މި ކާމިޔާބީއަކީ ދިވެހިބަހަށާއި، ޤައުމީ ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ، ދިވެހިބަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ.

މި ތާރީޚީ ރަސްމިއްޔާތަކީ ވަރަށް ޝަރަފުވެރި ރަސްމިއްޔާތެއްކަން ފާހަގަކުރައްވަމުން ބަހާބެހޭ ވަޒީރު ވިދާޅުވީ، ޑރ. އާމިނަތު ޒާހިރު ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވުމަކީ ދިވެހިބަހަށާއި، ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނަށާއި، ދާރިސުންނަށާއި، ދަސްވެނިންނަށް ވަޒީރު ވަނީ ޝުކުރާ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު